Advertisement

05 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މޯލްޑިވިއަންގެ ދަތުރުތަކާ އާރުޓީއެލް ފެރީގެ ދަތުރުތަކާ ދިމާކޮށް ރަށްތައް ގުޅުވާލަނީ

ގައުމީ އެއާރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކާ ދިމާވާގޮތަށް ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)ގެ ދަތުރުތަކަށް ބަދަލު ގެނަސް، ފްލައިޓުން ދަތުރުކުރާ ފަސިންޖަރުންގެ ދަތުރުތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑު އެވިއޭޝަނުން ބުނެފިއެވެ.

މި ވިސްނުމާއެކު އެންމެ ފުރަތަމަ މި ބަދަލު ގެނަސްފައިވަނީ ގއ. އަތޮޅު ފެރީއަށެވެ. އެގޮތުން މޯލްޑިވިއަން އިން ގއ. ކޫއްޑޫ އަށް ހެނދުނު ކުރާ ދަތުރުގެ ޝެޑިއުލާ ދިމާވާ ގޮތަށް އާރުޓީއެލްގެ ފެރީ ގަޑި ވަނީ ބަދަލު ކޮށްފައެވެ.

މި ބަދަލާއެކު މާލޭން ހެނދުނު 7:50 ގައި ނައްޓާލާ ފްލައިޓު 8:55ގައި ކޫއްޑޫގައި ޖައްސާއިރު، ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު 9:30ގައި ފެރީ އޮންނާނެއެވެ. އަދި މި ދަތުރުތައް ހަފްތާގެ ހަތް ދުވަހު ވެސް އޮންނާނީ އެހެންކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފައިވެއެވެ.

ކޫއްޑޫއިން ވިލިގިއްޔަށް އާރުޓީއެލް ފެރީގައި ކުރާ ދަތުރުގެ ދިގު މިނަކީ 10 މިނެޓެވެ.

އެމްޓީސީސީ އިން ފޯރުކޮށްދޭ އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ 4 ސަރަހައްދެއްގައި ދެމުންނެވެ. އެއީ ހއ އަތޮޅާއި، ހދ އަތޮޅާއި އަދި ށ އަތޮޅު ހިމެނޭ ޒޯނާއި، ނ އަތޮޅު ހިމެނޭ ޒޯނާއި، ޅ އަތޮޅު ހިމެނޭ ޒޯނާއި އަދި ގއ އަތޮޅާއި، ގދ އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ހިމެނޭ ޒޯނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.