Advertisement

04 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ މިދިޔަ އޮކްޓޯބަރު މަހު ހަވާލުވެ ވަޑައިގެންނެވި، އެމްޑީ ގޮލަމް ސަރުވާރު މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ސަރުވާރު ރާއްޖެއަށް ވަޑައިގެންނެވީ، ތައާރަފުވެވަޑައިގެންނެވުމުގެ ދަތުރުފުޅެއްގައެވެ. އެގޮތުން މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސަރުވާރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު، މޫސާ ޒަމީރު އާއި، ފޮރިން ސެކްރެޓަރީ، ފާތުމަތު އިނާޔާ އާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ސަރުވާރު ހުންނެވީ ބަނގުލަދޭޝްއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރުގެ މަގާމުގައެވެ. އެބޭފުޅާ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައިވަނީ 25 އޮކްޓޯބަރ 2023 ގައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސަރުވާރު ރާއްޖެއިން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 8 ވަނަ ދުވަހުއެވެ. އެބޭފުޅާގެ އަރިހުގައި، އަނބިކަނބަލުން ތަސްލީމާ ސަރުވާރާއި، ސާކްގެ ޑިރެކްޓަރ ޝާހިޔާ އަލީ މަނިކު އަދި ސާކްގެ ސެކްރެޓޭރިއަޓް، ބަވޭޝް އާރު. ޓްރިވެޑީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.