Advertisement

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް -- ފޮޓޯ: ޖެންޑާ މިނިސްޓްރީ --

03 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ މިހާތަނަށް 22 ކުއްޖަކު ވަނީ އާއިލާތަކާއި ހަވާލުކުރެވިފައި: މިނިސްޓަރ

މިއަހަރުގެ މިހާތަނަށް އައިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުޑަކުއްޖަކަށް އެކުދިން އާއިލާތަކާއި ހަވާލުކުރވިފައިވާ ކަމުގައި އާއިލާ އާއި ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ ކުޑަކުއްޖަކަށްވެސް އާއިލާއެއް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ޢަމާޒެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް އިތުރު 22 ކުއްޖަކު އާއިލާތަކާއި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ހިނގަމުންދާ ކަމަށެވެ. އަދި އެމަސައްކަތްތައް އޮތީ އެކި މަރުހަލާތަކުގައި ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ކުރީގައި އަޅުގަނޑުމެންނަށް އަންނާނެ އެންމެ ތުއްތު ކުދިން ފޮސްޓަރ ކުރަން ބޭނުންވެގެން. އެކަމަކު މިހާރު އެބަ ފާހަގަކުރެވޭ ތަންކޮޅެއް ބޮދެތި ކުދިންވެސް އަދި 11، 12 އަހަރުވެސް، 7 އަހަރުގެ ކުދިންވެސް، އެގޮތަށް ތަންކޮޅެއް އުމުރުން މަތިވިޔަސް މިހާރު އެބަ ރިކުއެސްޓްތަކެއް އެބަ އާދޭ! އެކަމާއި އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ އެއީ، ކޮންމެ ކުއްޖަކަށްވެސް އާއިލާއެއް އެބަ ބޭނުންވޭ."

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް --

މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އެކަމަނާ އުއްމީދު ކުރައްވަނީ މުޖުތަމައުގެ ތެރެއިން ގިނަ ބަޔަކު، ކުދިން ބަލައިގަނެ، އަދި އެކުދިން ގެންގޮސްގެން ރަނގަޅަށް ބަލަަހައްޓައި ދޭނެ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ، އަތޮޅުތަކާއި މާލޭގައި ހުރި ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މިހާރުވެސް 167 ކުދިން އެބަތިބި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.