Advertisement

އިނގިރޭސިވިލާތުގައި ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން، ފޮޓޯ: ރޮއިޓާސް

04 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިނގިރޭސިވިލާތުގައި ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން ދިވެހީން ސަމާލުވާން އިލްތިމާސްކޮށްފި

އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއި، އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ދާހިލީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ދާހިލީ ވުޒާރާއިން ހޮނިހިރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި ތިން ކުޑަކުދިން މަރާލާފައިވުމާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ޚާއްސަކޮށް ސައުތުޕޯޓް އަދި ސަރަހައްދާ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީން އިތުރަށް ސަމާލުވާން ޖެހޭނެކަމަށް، އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން މި މައްސަލައިގައި ކަން ހިނގާ ގޮތް ބަލަމުން އަންނަ ކަމަށާއި، ދާހިލީ ވުޒާރާގެ އެދުމަކީ، ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދާ، އަމިއްލަ ރައްކާތެރިކަމަށް އިސްކަން ދިނުން ކަމަށް ހާމަކޮށްފައިވެއެވެ.

މި މުޒާހަރާތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވާ ނަމަ، ހައިކޮމިޝަންގެ ނަމްބަރު (44)02072242135 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސައުތުޕޯޓުގައި މިދިޔަ ހޯމަ ދުވަހު ދިން ހަމަލާގައި ތިން ކުދިން މަރާލުމުގެ އިތުރުން، އަށް ކުޑަކުދިންނާއި ދެ މީހުން ވަނީ ޒަހަމްކޮށްލާފައެވެ. އެ ހަމަލާ ދިނީ މުސްލިމެއް ކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ ނަމަވެސް، ޕޮލިހުން ހާމަކޮށްފައިވާ ގޮތުގައި އެ ހަމަލާގައި ތުހުމަތު ކުރެވެނީ، ކާޑިފް އަށް އުފަން، އުމުރުން 17 އަހަރުގެ އެކްސެލް ރުޑަކުބާނާ އަށް ކަމަށެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.