Advertisement

03 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އިރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކަށް ވިސްނައި، އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އިތުރު ސާމާނު ފޮނުވަން ނިންމައިފި

އިރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކަށް ވިސްނައި، އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އިތުރު މަނަވަރާއި ސާމާނު ފޮނުވަން ނިންމާފައިވާކަމަށް އެ ގައުމުގެ ދިފާއީ ބާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޕެންޓެގަންގެ ތަރުޖަމާނު ސަބްރީނާ ސިންގު ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަދި މި އަހަރުގެ އެޕްރީލްގައި ހާމަކޮށްފައިވާނޭހެން، އެމީހުން އޮތީ ދުނިޔޭގެ ހަތަރު ބިތުގެ ހާލަތަށް ރަގަޅަށް ފާރަވެރިވެ ކަމަށާއި، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކިތަންމެ ކުރު މުއްދަތެއްގައި ސިފައިންނާއި ހަތިޔާރު ދިމަދިމާއަށް ފޮނުވޭނެ ފަދަ ތައްޔާރީ ހާލަތެއް ކުރިމަތި ވިޔަސް އެކަމަށް ތައްޔާރުވެ ކަމަށެވެ.

އެގޮތުން، އިޒްރޭލާއި އިރާނުގެ ހަމަނުޖެހުން ހޫނުވެފައިވުމާ ގުޅިގެން، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ހިމާޔަތް ކުރުމަށާއި އިޒްރޭލުގެ ހިމާޔަތުގައި އެމެރިކާގެ ހަނގުރާމަމަތީ ސާމާނު ފޮނުވުމަށް ނިންމާފައިވާކަމަށް އޭނާ ހާމަކުރިއެވެ.

ޕެންޓެގަން އިން މިކަން އިއުލާން މިކުރީ، އިރާންގައި ހުންނަވަނިކޮށް ހަމާސް އާއި ހިޒްބުﷲގެ ލީޑަރެއް ކަމުގައިވާ އިސްމާއީލް ހާނިޔާ ޝަހީދުކޮށްލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ހާނިޔާ ޝަހީދު ކޮށްލަން ދިން ހަމަލާއަކީ އޭނާ އިރާނުގައި ހުއްޓައި ދިން ހަމަލާއެއްކަމަށްވެފައި، މިކަން ކުރީ އެޒްރޭލުންކަމަށް ގަބޫލު ކުރެވޭތީ، އިރާނުން ދަނީ އިޒްރޭލާ ދެކޮޅަށް ބަދަލު ހިފުމަށް ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން، މިކަމާ ގުޅިގެން މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެގެން ދާނެކަމަށް ގަބޫލު ކުރެވެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ނިންމީ އިޒްރޭލުން އެކަމަށް އެދިގެން ކަމަށް ވެސް ޕެންޓެގަންގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.