Advertisement

05 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފުލެޓުތަކަށް ކުލި ނުދެއްކުމާ، އެ ތަންތަން ކުއްޔަށް ދޫކުރާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ މަހުން މަހަށް ދައްކަމުން ނުދާތީ، އެކަން ތަކުރާރުވަމުން ދާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ދީފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އެ މިނިސްޓްރީއިން އާންމުކުރި އިއުލާނެއްގައި ބުނީ، 1 ޖެނުއަރީ 2024 އިން ފެށިގެން، ފުލެޓުތަކުގެ ކުލި %20 ކުޑަކޮށްދީފައިވީ ނަމަވެސް، އެތަންތަނުގެ ކުލި ގަވާއިދުން ނުދައްކާ ކަމަށެވެ.

މީގެ އިތުރުން، ފުލެޓުތައް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ފުލެޓުތައް ބޭނުން ކުރުމާއި، ގަވާއިދާއި ޚިލާފަށް ފްލެޓަށް ބަދަލު ގެނައުމާއި، އެ ތަންތަން ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތައް މިނިސްޓްރީ އިން ބަލަމުން އަންނަ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މައްސަލަ ބެލުމަށްފަހު، ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައި ވެއެވެ.

ބޯހިޔާވަހިކަމުގެ އެންމެ ދަތިހާލުޖެހިފައިވާ މީހުންކަމަށް ކަނޑައަޅައި، ސަރުކާރުން ދޫކޮށްފައިވާ ގިނަ ފްލެޓުތައް ކުއްޔަށް ދޭކަން ސާބިތުވާ އެއް ގޮތަކީ، އެޕާޓްމެންޓްތައް ކުއްޔަށްދޭ ވެބްސައިޓު ނުވަތަ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި މިފަދަ ތަންތަން ކުއްޔަށް ދޫކުރަން ޖަހާފައި ހުރުމެވެ. މަހު ކުއްޔަށާއި ދުވަހު ކުއްޔަށް ވެސް މި ތަންތަން އަންނަނީ ދޫކުރަމުންނެވެ. މި ތަންތަނުން އާމްދަނީ ހޯދުމަށްފަހު ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދައްކާ މީހުން ވެސް ވަރަށް ގިނައެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން މިވީހާ ތަނަށް މިކަމަށް އެކަށޭނަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.