Advertisement

މާރާމާރީ ހިންގި ބިދޭސީން

02 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި

މި ހަފްތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި މާރާމާރީ ހިންގި 6 ބިދޭސީން ޑީޕޯޓުކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓުގައި ބުނީ، މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 6 ބިދޭސީއަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށާއި، އެމީހުން ޑީޕޯޓު ކޮށްލުމަށް ކޮންޓްރޯލާރ ޖެނެރަލް ނިންމަވާފައިވާކަމަށެވެ.

މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ފުލުހުން ވަނީ 06 ބިދޭސީއަކު އިމިގްރޭޝަނާ މިރޭ ހަވާލުކޮށްފައި. އަދި އިމިގްރޭޝަން ޤާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ވަނީ ނިންމާފައި.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވެއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބިދޭސީންގެ ފޮޓޯއާއި އުމުރު ހާމަކޮށްފައިވެއެވެ. ނަމަވެސް އެމީހުންގެ ގައުމީ ނިސްބަތް އާންމު ކޮށްފައެއް ނުވެއެވެ.

މި މާރާމާރީއާ ގުޅިގެން ޑިޕޯޓު ކޮށްލަން ނިންމާފައިވާ ބިދޭސީންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ފިރިހެނުންނެވެ. އެއީ އުމުރުން 26 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 29 އަހަރުގެ ދެ މީހުނާއި، 38 އަހަރުގެ މީހަކާއި އަދި 40 އަހަރުގެ މީހެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.