Advertisement

ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާޢީލް ހަނިއްޔާ --

31 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފި

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން އީރާންގެ ވެރިރަށް ތެހެރާންގެ ތެރޭގައި، ރާވައި ހިންގި ކަމަށް ބެލެވޭ ބަޑީގެ ހަމަލާތަކެއްގައި، ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ.

ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ، އީރާންގެ އައު ރައީސް މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އީރާންގެ ވެރިރަށް ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ. ހަނިއްޔާ މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވީ ޤަޠަރުގައެވެ.

އިސްމާއީލް ހަނިއްޔާއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކުގައި، އޭނާގެ ބޮޑީގާޑުވެސް މަރުވެފައިވާ ކަމުގައި، އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވެއެވެ. ހަނިއްޔާ އަވަހާރަކޮށްލުމުގައި އިޒްރޭލުން އަދާކުރި ދައުރަކީ ކޮބައިކަމެއް އެޤައުމުން ހާމަކޮށްފައި ނުވި ނަމަވެސް ހަނިއްޔާ އަވަހާރަކޮށްލުމުގެ އުފާ ޔަހޫދީން ދަނީ ފާޅުކުރަމުންނެވެ.

އީރާންގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެމަނިކުފާނާއި، އީރާން ސަރުކާރުގެ ސީނިއަރ އޮފިސަރުންތަކެއް އަވަހާރަވި ހާދިސާގައިވެސް އިޒްރޭލަށް ތުހުމަތުތައް ކުރެވިފައިވެއެވެ.

އިޒްރޭލަކީ، ދުނިޔޭގެ އެހެންޤައުމުތަކުގެ ސިޔާދަތީ ސަރަހައްދުގެ ތެރެއަށްވަދެ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ތުހުމަތުތައް އޮތް ޤައުމެކެވެ. މިގޮތުން ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީޤުލްހަރީރީ އާއި، ފަލަސްޠީނުގެ ރައީސް ޔާސިރު އަރަފާތާއި، އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީވެސް އިޒްރާއީލުން ކަމުގެ ތުހުމަތުތައް ކުރެވިފައި އޮވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.