Advertisement

ސްކޫލް ދަރިވަރުންތަކެއް ---

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އަދަބީ މުބާރާތްތައް ބޭއްވުމަށް ނިންމި ތާރީޚަށް އެއް ދުވަހަށް ވެފައި ވަނިކޮށް މުބާރާތްތައް ފަސްކޮށްފި

2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިގެން، މިހަފްތާގެ ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ އަދަބީ މުބާރާތްތައް ފަސްކޮށްފިއެވެ.

2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އޮގަސްޓް މަހުގެ 2ވާ ހުކުރު ދުވަހުގަޔާއި، އޮގަސްޓް މަހުގެ 3 ވާ ހޮނިހިރު ދުވަހުގައެވެ.

ޤައުމީ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި ޅެން ހެދުމުގެ ޤައުމީ މުބާރާތަށް ސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތަކުން ތައްޔާރުވެ، މުބާރާތް ބާއްވާ ތާރީޚަށް އެއް ދުވަހަަށް ވެފައި ވަނިކޮށް، ޖުލައި 31 ވީ ބުދަ ދުވަހު، ދިވެހިބަހުގެ އެކެޑަމީން ވަނީ މުބާރާތްތައް ފަސްކުރިކަން ސްކޫލުތަކަށް އަންގާފައެެވެ. އަދި މުބާރާތްތައް ބާއްވާ ތާރީޚު ފަސްކުރި ނަމަވެސް އަލުން މުބާރާތްތައް ބާއްވާނެ ތާރީޚެއް އެކަޑަމީ ކަނޑައަޅާފައެއް ނުވެއެވެ.

މުބާރާތްތައް ފަސްކުރިކަން އަންގައި، އެކަޑަމީން ސްކޫލުތަކާއި ކައުންސިލްތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، މުބާރާތްތައް ބޭއްވޭތީ ކުރަން ހުރި ހުރިހައި މަސައްކަތްތަކެއް ކަމާއި، ގުޅުން ހުރި ހުރިހައި މުއައްސަސާތަކާއި ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ. އަދި މުބާރާތް ފަސްކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށްޓަކައި އެކަޑަމީން ވަނީ މަޢާފަށްވެސް އެދިފައެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވީ، މުބާރާތްތައް ފަސްކުރަން ޖެހުނީ، އިދާރީ ގޮތުުން ކުރަން ހުރި ބައެއް މަސައްކަތްތައް ހުރުމުގެ ސަބަބުން ކަމަށާއި، މުބާރާތްތައް އަލުން ބާއްވާނޭ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރާނޭ ކަމަށެވެ.

ދިވެހިބަހުގެ އެކަޑަމީން ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ އަދަބީ މުބާރާތްތަކުގައި ސްކޫލު މަދަރުސާތަކުގެ ދަރިވަރުން ހިމެނޭ ގޮތުން 2400 ވުރެ ގިނަ ފަރާތުން މުބާރާތްތަކުގައި ބައިވެރިވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.