Advertisement

ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދުން -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް -

10 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މޯދީގެ ވަން ޓްރީ ފޯ މަދަރ ޕްރޮގްރާމުގެ ދަށުން އިންޑިއާގެ ޚާރިޖީ ވަޒީރު ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ، 5 މިލިޔަން ގަސް ޕްރޮގްރާމާއި އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފައްޓަވާފައިވާ، ވަން ޓްރީ ފޯ މަދާ ޕްރޮގްރާމުގެ ދަށުން އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މާލޭ ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު މެންދުރު ކުރީގައި މާލޭ ލޮނުޒިޔާރަތްކޮޅު ލޮނުޒިޔާރަތްޕާކުގައެވެ. ދެބޭފުޅުން ލޮނު ޒިޔާރަތްޕާކުގައި  މިއަދު އިންދެވި ގަހަކީ، ކާމަރަނގަ ގަހެކެވެ. މިގަހަކީ، ދިވެހިރާއްޖެއާ އިންޑިއާގެ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން އިންދެވި ގަހެއް ކަމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމެންޓް އެންޑް އެނާޖީ އިން ހާމަކުރައްވާފައިވެއެވެ.

ގަސްއިންދުމުގެ މިރަސްމިއްޔާތުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤާއި، ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މުހާވަރުގެ އިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޚާރިޖިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަން ޓްރީ ފޯ މަދާ ޕްރޮގްރާމް އިންޑިއާގައި ފަށާފައި ވަނީ، މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމުގެ ގޮތުން ހިންގި ހަރަކާތްތަކާއި ގުޅުވައިގެންނެވެ. 

ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ތިމާވެށީގެ ދާއިރާގެ، މުހިންމު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފައްޓަވައިދެއްވީ މިއަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުގައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.