Advertisement

08 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މި އަހަރުގެ ދެވަނަ ކުއާޓާގައި އެވަރެޖުކޮށް ދުވާލަކު 30 މީހުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވި

މި ހިނގާ 2024 ވަނަ އަހަރުގެ އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން އެވަރެޖުކޮށް ދުވާލަކަށް 30 މީހުން  ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައިވާކަމަށް، އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ދެވަނަ ކުއާޓާގައި ވަނީ ޖުމްލަ 2،807 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެން މަތީ އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާފައިވަނީ 1،691 މީހުނެވެ. އެއީ އެވަރެޖުކޮށް ދުވާލަކަށް 18 މީހުނެވެ.

މީގެ އިތުރުން އެމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް 1،232 މީހުން މި ކުއާޓާގައި އާސަންދަ ސްކީމްގެ ދަށުން ގެންގޮސްފައިވެއެވެ. ފުރަތަމަ ކުއާޓާގައި މި އަދަދު ހުރީ 1،599 ގައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޖުމްލަ އަދަދަކީ 265،059 އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އާސަންދައިގެ ހިދުމަތް ހޯދާފައިވަނީ 260،725 މީހުންނެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދައިގެ ހިދުމަތް ހޯދި މީހުންގެ އަދަދު، ދެވަނަ ކުއާޓާއާ އަޅާބަލާއިރު އިތުރެވެ. ފުރަތަމަ ކުއާޓާގައި 276،439 މީހަކު ވަނީ އާސަންދައިގެ ހިދުމަތް ހޯދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.