Advertisement

ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ ގެއެއް، ފޮޓޯ: ރޮއިޓާސް

09 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޖަޕާނަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ޖަޕާނުގެ ހުޅަނގުދެކުނުގައި އޮންނަ މިޔަޒާކީއަށް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ އެއްގެ އިންޒާރު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ނެރުނު ނަމަވެސް، މިހާރު އެ އިންޒާރު ވަނީ އުވާލާފައެވެ.

ޖޭއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި ސުނާމީގެ އަސަރު ޖަޕާނަށް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:43 (ޖީއެމްޓީ ގަޑިން 7:43) ގައެވެ.

މި ބިންހެލުމާ ގުޅިގެން ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ، ޔޮޝިމަސަ ހަޔަސި ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ އަސަރު އެ ގައުމުގެ ނިއުކްލިއަރ ޕަވާރ ޕްލާންޓުތަކަށް ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާ އާއި އެ ގައުމުގެ މުހިންމު އެއްވެސް އިންފްރާސްޓްރަކްޗަރ އަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް ހަޔަސި ވަނީ ހާމަކޮށްފައެވެ.

ބިންހެލުމަށްފަހު ޖޭއެމްއޭގެ ޕެނަލް އިން އިތުރަށް ހާމަކުރީ، ފުރަތަމަ ބިންހެލުމާ ގުޅިގެން އިތުރު ބިންހެލުމެއް އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.