Advertisement

ބްރެޒިލްގެ ސައޮ ޕައުލޯ އަށް ވެއްޓުނު މަތިންދާބޯޓު \ ގެޓީ އިމޭޖަސް

10 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ސައޮ ޕައުލޯއަށް މަތިންދާ ބޯޓެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ

ބްރެޒިލްގެ ސައޮ ޕައުލޯ މަތިން ދަތުރުކުރަމުން ދިޔަ ބޯޓެއް ވެއްޓި، އޭގެން ދަތުރުކުރި 61 މީހުން މަރުވެއްޖެއެވެ.

މި ބޯޓު ވެއްޓިފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ވިނޭޑޯ ކިޔާ ކުޑަ ރަށެއްގެ މީހުން ދިރިއުޅޭ ޢިމާރާތްތައް ހުންނަ ސަރަޙައްދަކަށެވެ.  މިއީ ބްރެޒިލްގެ ޕަރާނާ ސްޓޭޓުގެ ކަސްކަވެލް އިން ފުރައިގެން ސައޮ ޕައުލޯއަށް ދަތުރު ކުރަމުން ދިޔަ، އެ ގައުމުގެ ވިޔޯފާސް އެއާރލައިންގެ މަތިންދާ ބޯޓެކެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޯޓުގެ ފަޅުވެރިން ވެސް ހިމެނެއެވެ. އަދި އެ ގައުމުގެ ސިވިލް ޑިފެންސް ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ބޯޓު ވެއްޓުނު ސަރަހައްދުގައި ހިމެނޭ ގިނަ ގެތަކެއް ވަނީ ބިމާހަމަވެފައެވެ.

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ހޯދުމުގެ މަސައްކަތް، އެ ގައުމުގެ ސެންޓަރ ފޯރ އިންވެސްޓިގޭޝަން އެންޑް ޕްރެވެންޝަން އޮފް އެރޮނޯޓިކަލް އެކްސިޑެންޑްސް އިން މިހާރު ވަނީ ފަށާފައެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދުން ބޯޓުގެ ކަޅުފޮށި ވަނީ ފެނިފައެވެ. އަދި އެ އިދާރާގެ ވެރިޔާ މަރްސެލޯ މޮރޭނޯ ވިދާޅުވީ، ބޯޓަށް މައްސަލައެއް ކުރިމަތިވެގެން އުޅޭ ކަން އެއަރ-ޓްރެފިކް ކޮންޓްރޯލަރުންނަށް ޕައިލެޓުން ހިއްސާ ކޮށްފައި ނުވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.