Advertisement

ސިނަމާލެ ބުރިޖު މޮނިއުމެންޓް އަލުން ދިއްލާފައި —

08 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

​ސިނަމާލެ ބުރިޖު އަލުން ދިއްލާލައިފި

މަރާމާތަށްފަހުގައި ސިނަމާލެ ބުރިޖުގެ މޮނިއުމެންޓް އަލުން ދިއްލާލައިފިއެވެ.

ބުރިޖު މޮނޮއިމަންޓް އަލުން ދިއްލާލި އިރު މަރާމާތަށްފަހުގައި ބުރިޖު މޮނިއުމަންޓްގެ ކުލައަށްވެސް ބަދަލު ގެނެސްފައިވެއެވެ. މިގޮތުން ބުރިޖު މޮނިއުމެންޓްގައި ކުރިން ހުރި ނޫކުލައިގެ ބަދަލުގައި މިހާރު ލާފައި ހުރީ ވިލުފެހި ކުލައެވެ.

ސިނަމާލެ ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، "ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް" އާއި ހަވާލުކޮށްގެންނެވެ. ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތް އިތުރު 3 އަހަރަށް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ، މިއަހަރުގެ މާރިޗު މަހުގައެވެ.

ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބުރިޖް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ކޮށްފައި ވަނީ، ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީ.ސީ.ސީ.ސީ)އިންނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ބިނާކުރުމުގެ މަސައްކަތަކީ، އެހާތަނަށް ރާއްޖޭގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. ބުރިޖުގެ މަސައްކަތް ނިންމައި ހުޅުވީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ބުރިޖުގެ މުޅި މަސައްކަތް ނިންމާލުމަށް 3 އަހަރާއި 11 މަސްދުވަސް ހޭދަވިއެވެ. ބުރިޖުގެ މަޝްރޫއަށް ގާތްގަނޑަކަށް 200 މިލިޔަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.