Advertisement

ހުޅުމާލޭގެ ކެފޭއެއްގެ ކައިރިން ދުވާރު މަތީގައި ބަހައްޓާފައިވާ މޭޒެއް \ 10 އޯގަސްޓް 2024، ފޮޓޯ: ނޫން

10 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހުޅުމާލޭގެ ކެފޭ އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން އެޗްޑީސީގެ އެންގުމަށް ތަބައެއް ނުވި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުން ގެންދާތީ އެކަން މިއަދުގެ ނިޔަލަށް ހުއްޓާލުމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ 1 ވަނަ ދުވަހު އަންގާފައިވީނަމަވެސް، އެ އެންގުމަށް ޖުމްލަ ގޮތެއްގައި އެއްވެސް ތަނަކުން އަދި މިހާތަނަށް ތަބާވެފައެއް ނުވެއެވެ.

އެޗްޑީސީގެ އެންގުމުގައި މިއަދުގެ ކުރިން ދުވާރު މަތިން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދިނުން އަންގާފައިވުމާ ގުޅިގެން، މިކަމަށް މި ތަންތަނުން އިޖާބަދީފައިވާ މިންވަރު ބަލާލުމަށް، "ނޫން" ގެ ނޫސްވެރިއަކު ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް، ގާތްގަނޑަކަށް އެއްވެސް ތަނަކުން މި އެންގުމަށް އިޖާބަދީފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެޗްޑީސީއިން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދުވާރު މަތިން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދިނުން ހުއްޓާލުމާ ހިލާފުވެއްޖެނަމަ، އެ ތަކެތި ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދާނެއެވެ. އަދި އެ މަސައްކަތުގައި މުދަލަށް ލިބޭ ގެއްލުމަކަށް އެޗްޑީސީއިން ޒިންމާ ނުވާނެކަމަށް ވެސް ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން މަގުން ހިނގާ މީހުންނަށް އެކަމުގެ އުނދަގޫ އަންނަނީ އަބަދުވެސް ކުރިމަތިވަމުންނެވެ. މީގެ އިތުރުން ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި މިގޮތަށް ބަހައްޓާފައިވާ މޭޒުތަކުގެ ކައިރީގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރާކަމުގެ ޝަކުވާ، ބެލެނިވެރިންގެ އިތުރުން ސްކޫލުތަކުން ވެސް ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.