Advertisement

14 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އެމެރިކާއިން އިތުރު ވިހި ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޮނުވަން ނިންމައިފި

އާދަކޮށް ހަނގުރާމައިގެ އުސޫލުތަކާ ޚިލާފަށް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާއިން އިތުރު 20 ބިލިއަން ޑޮލަރުގެ ހަތިޔާރު އެ ގައުމަށް ފޮނުވުމަށް ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން މި ނިންމުން ނިންމެވީ އަންގާރަ ދުވަހުއެވެ. އަދި އެމެރިކާއިން އިޒްރޭލަށް ފޮނުވުމަށް އެއްބަސްވެފައިވާ ހަތިޔާރުތަކުގެ ތެރޭގައި، ފައިޓަރ ޖެޓާއި މިސައިލް ވެސް ހިމެނޭކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ހާމަކޮށްފައެވެ.

މި ހަތިޔާރުތައް އިޒްރޭލަށް ފޮނުވުމަށް ނިންމި ސަބަބެއް ކަމަށް އެމެރިކާއިން ބުނެފައިވަނީ، އެމެރިކާއަކީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަމުންދާ ގައުމެއް ކަމަށްވުމާއި، އިޒްރޭލުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކަމަށެވެ.

ނަމަވެސް ބެލެވޭ ގޮތުގައި، މިއީ ހަމާސްގެ އިސް ލީޑަރެއް ކަމުގައިވާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން، ހިޒްބުﷲ އިން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ވަމުން އަންނަ ތައްޔާރިއެކެވެ.

އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 40،000 އެއްހާ މީހުން ޝަހީދުކޮށްލާފައިވަނިކޮށް، އެމެރިކާގެ ރައީސް ޖޯބައިޑެން އަންގާރަ ދުވަހު ބުނީ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުން ހިފާފާނެ ބަދަލަކުން ރައްކާތެރިވެވޭނީ ހަނގުރާމަ ހުއްޓާލައިގެން ކަމަށެވެ. އެހެންކަމުން، ފާޅުކަން ބޮޑުގޮތެއްގައި މި ގަތުލުއާންމު ހިންގުމަށް އެހީތެރިވަމުން ގެންދަމުން، ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާލާތީ، ގިނަ ބަޔަކު އަންނަނީ އަބަދު ވެސް ބައިޑަންގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.