Advertisement

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީ ރެގިއުލަރައިޒް ކުރުމަށް ކުރީ ސަރުކާރުގައި ހިންގި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ޕޮލިސް

18 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބިދޭސީންގެ ފައިސާ ނުދައްކާ ކުންފުނިތަކަށް އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް ދިނުން ހުއްޓާލަނީ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފައިސާ 31 އޮގަސްޓް 2024ގެ ކުރިން ދައްކާ ޚަލާސްނުކުރާ ފަރާތްތައް, 1 ސެޕްޓެމްބަރ 2024ން ފެށިގެން އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީންކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ -/100,000 ރ (އެއްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތައް ފައިސާ ދައްކާ ޚަލާސްކުރުމަށް ދީފައިވާ މުއްދަތު، 2024 އޮގަސްޓު 31 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މިތާރީޚާ ހަމައަށް ފައިސާ ދައްކާފައިވާނުވާ ވަޒީފާދޭ ފަރާތްތައް، 2024 ސެޕްޓެންބަރު 01 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑް ކުރެވި ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ޚިދުމަތްތައް މެދުކަނޑާލެވޭނެ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމިނިސްޓްރީން ވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތައް ދޫކުރުމަށް ބޭނުންކުރާ "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި އަދި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ޚާއްޞަކޮށް، މިއަންނަ އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ނިންމައި، އެބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތުވެސް ހުޅުވާލާފައެވެ. މިގޮތުން، މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ވަޒީފާދޭ ފަރާތްތަކާއި، ސިސްޓަމް ބޭނުންކުރާ އެހެނިހެން ފަރާތްތަކުން އެކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ފޯމު 2024 އޮގަސްޓު 19 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށްވެސް އެމިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

އޮންލައިން ފޯމުގެ ލިންކް:

https://forms.office.com/r/D35whaNupv

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.