Advertisement

16 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އިޒްރޭލުން މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 40،000 މީހުން ޝަހީދުކޮށްލައިފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަކަށްފަހު، އިޒްރޭލުން އަނިޔާވެރިކަމާއެކު ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާމުގައި މިހާތަނަށް މަދުވެގެން 40،000 މީހުން ޝަހީދުކޮށްލާފައިވާކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ޝަހީދުކޮށްލެވުނު މީހުންގެ ތެރޭގައި މަދުވެގެން 16،456 ކުޑަކުދިންނާއި 11،000 އަށް ވުރެން ގިނަ އަންހެނުން ހިމެނޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އެހެންކަމުން، ހަމާސް ނައްތާލުމަށްކަމަށް ބުނެ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވެފައިވާކަމަށް މިހާތަނަށް ޔަގީން ކުރެވުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް %69 މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޝަހީދުކޮށްލެވުނުކަމަށް މިނިސްޓްރީއަށް ޔަގީން ކުރެވިފައިވާ މި އަދަދަކީ، މީހުން ޝަހީދުކޮށްލެވުނު އަދަދަށް ވުރެން ކުޑަ އަދަދެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ، މިހާތަނަށް ވީނުވީ ނޭންގި ގެއްލިފައިވާ ގާތްގަނޑަކަށް 10،000 އެއްހާ މީހުން ތިބޭނީ، ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ މަރުވެފައިކަމަށް ގަބޫލުކުރެވޭތީއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ޝަހީދުވެފައިވާ މީހުންގެ އަދަދު ހާމަކުރި އިރު، ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ މަޝްވަރާތަކުގެ އައު ބުރެއް ޤަތަރުގެ ދޯހާގައި ބުރާސްފަތި ދުވަހު ފަށައިގެން ކުރިޔަށް އެބަދެއެވެ. އެ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ޤަތަރާއި، މިސްރު އަދި އެމެރިކާއިންނެވެ.

އެކުވެރި ދައުލަތުން (އދ) ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ ސްޓްރިޕްގެ އިމާރާތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި (2/3) ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެ ނުވަތަ އެއްކޮށް ވީރާނަ ވެފައެވެ.

އދ ގެ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް، ވޮލްކާ ޓާރކް ބުނީ، މިއަދުގެ ހާލަތަށް ފަލަސްތީނު ދިޔައީ، އިޒްރޭލުން ހަނގުރާމައިގެ ގަވާއިދާ ހިލާފުވެފައިވާތީއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު އިތުރަށް ނިކަމެތިވަމުން އަންނަނީ، މިހާރު ޓެންޓު ތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބަލިތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ޕޯލިއޯ ވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.