Advertisement

އަލިފާން ރޯވި ގުދަން --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިލަފުށީ އަލިފާނުގެ ހާދިސާ: ދިވެއްސަކަށް އަނިޔާވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ

ތިލަފުށީގައި މިއަދު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވި ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އޭނާ ކޮންމެވެސް ވަރަކަށް ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން ލޯންޗެއްގައި ތިލަފުށިން މާލެއަށް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް މުޅިން ނިވާ ނުލެވޭ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ، މެރިނޭޑޯ ޕްރައިވެޓް ލިމިޓެޑްގެ ގުދަނެއްގައި ކަމަށް އެނގިފައިވެއެެވެ. ގާތް ގަނޑަކަށް ދޮޅު ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ފެތުރި ހަތަރު ފަސް ގުދަނެއް ވަނީ މުޅިން އަނދާ ހުލިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.