Advertisement

ތިލަފުށީގައި ރޯވެ އަނދަނީ ---

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިލަފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް: ފަސް ގުދަނެއް އަނދައިފި

މާލެ ކައިރީގައި އޮންނަ ސިނާޢީ މަސައްކަތްތައް ޚާއްޞަ ތިލަފުށީގައި، ހުރި ގުދަންތަކެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެހާދިސާ އާއި ގުޅުގެން އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނެތް ކަމަށެވެ.

އަލިފާންގަނޑު ރޯވެ އަނދަމުންދާތާ ގާތްގަނޑަކަށް ގަޑިއެއްގެ އިރުވެފައި ވާއިރު، ތިލަފުށީގައި ޖެހިޖެހިގެން ހުރި ފަސް ގުދަނެއްގައި ރޯވެ ދަނީ އަނދަމުންނެވެ.

އަލިފާން ރޯވި ވޯކްޝޮޕް --

އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވެފައި ވަނީ، ތިލަފުށީގައި ހުންނަ މެރިންޑޯ ގުދަނުގައެވެ.

އެސަރަހައްދުގައި ތިބި ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވި ގުދަނުގެ ތެރެއިން އެއްގުދަނުގެ ބޭރަށް ހުރި ބެލްކަންޏަކުން އަލިފާނުން ސަލާމަތްވާން ފުންމާލި މީހަކަށް ވަނީ އަނިޔާވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.