Advertisement

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާ --

22 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިލަފުށި އަލިފާނުގެ ހާދިސާ: އަލިފާން ނިވާލެވުނީ 2 ގަޑިއިރު ފަހުން

ކ. ތިލަފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މުދަލާއި އިމާރާތްތަކަށް ގެއްލުންތައް ލިބުނު އިރު އަލިފާން ނިވާލެވުނީ، ދެ ގަޑިއިރު ފަހުން ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ގުދަނުގައި ރޯވި އަލިފާން ނިވާލެވުނީ، އަލިފާނުގެ ހާދިސާ އެމްއެންޑީފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއަށް ރިޕޯޓްކުރިތާ 2 ގަޑިއިރާއި 28 މިނިޓް ފަހުންނެވެ. އަލިފާން ނިވާލެވުނު އިރު، ފަސް ތަނެއް މުޅިން އަނދައިގެން ގޮސް މާލީ ގޮތުން ވިޔަފާރިތަކަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ވަނީ ލިބިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 08:36 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށެވެ. އަދި، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ތިލަފުއްޓަށް ދިޔަ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ތިލަފުއްޓަކީ ސިނާޢީ މަސައްކަތްތައް ކުރާ ރަށަކަށް ވުމާއިއެކު، މީގެ ކުރިން ހިނގި އެފަދަ ހާދިސާތަކާއި ގުޅިގެންވެސް އެރަށުގައި އަލިފާން ނިވުމަށް ބޭނުންކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކާއި ނިޒާމެއް ޤާއިމްކުރެވިފައި ނެތުން އެއީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ، ކ.ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައެވެ. އެތަނުގައި ރޯވި އަލިފާންގަނޑު އެހެން ސަރަހައްދުތަކަށް ފެތުރިގެން ގޮސް 5 ތަނެއް މުޅިން އަނދައިގެން ދިޔައެވެ. މިހާދިސާގައި، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައި ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.