Advertisement

އެއާ އެމްބިއުލާންސްގެ ގޮތުގައި ކުރިން ހަމަޖެއްސި ސީ ޕްލޭންގެ ދަވާދު ބަދަލުކޮށްފައި --- ފޮޓޯ: ސޯޝަލް މީޑިއާ

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާ އެމްބިއުލޭންސްއަށް ހެދި ފްލައިޓްގެ ދަވާދު ބަދަލުކޮށް އާއްމު ދަތުރުތަކުގައި ބޭނުން ކުރަން ފަށައިފި

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓްގައި، އަލުން ބަލި މީހުން އުފުލަން ފެށުމަށްފަހު، އެއާ ސީއެމްބިއުލޭންސްގެ ގޮތުގައި ބޭނުން ކުރި މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަވާދު ބަދަލުކޮށް އަލުން އެކުންފުނީގެ އާއްމު ދަތުރުތަކުގައި ބޭނުން ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ސީޕްލޭން އެއާ ސީޕްލޭން އެމްބިއުލާންސެއްގެ ގޮތުގައި ޚާއްޞަކޮށްފައި އޮތް އޮތުން ބަދަލުކޮށް، އޭގެ ދަވާދާއި ކުލަ ބަދަލުކޮށް އަލުން މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުން ކުރަން ފަށާފައި ވަނީ މީގެ ދެހަފްތާ ކުރިން ފެށިގެންނެވެ. މިއަދުވެސް އެބޯޓުގައި ބ އަތޮޅުގެ ބައެއް ރިޒޯޓުތަކަށް ވަނީ، ފަތުރުވެރިން އުފުލާފައެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއް އެއާ އެމްބިއުލޭންސްއަށް ބަދަލުކޮށް، ޚިދުމަތް ފަށާފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހުގައެވެ. 4 މަސް ދުވަސް ފަހުން ސީޕްލޭން އެއާ އެމްބިއުލާންސްގެ ގޮތުގައި ވަކި ސީޕްލޭނެއް ޚާއްސަކުރި ކުރުން އުވާލިކަން ސަރުކާރުން ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި އަލުން އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގައި ބަލި މީހުން އުފުލަންފަށާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ޚާއްސަކުރި މޯލްޑިވިއަންގެ ސީ ޕްލޭންގެ ރެޖިސްޓްރީ ކޯޑަކީ، 8Q ISD އެވެ.

ކޮމެންޓް
ހުސައިން
ދެމީދާ ފެހި ބުޅަލައް ވީވަރުވެސް ނުވި
21 Aug 2024
ޢަަހްމަދު
އަދި ޖަގިޔާވެސް ނުލާނެ!
21 Aug 2024
ބޮދެ
ގުައިރެވިއްޖެނުން
21 Aug 2024
ބިންވެރިޔާ
މާލޭމީހުންނަށް ބިންބަހާލި އިރު ހަރަދުބޮޑު ކަމަކަން ނުވި. ޢެކަމް ހުރިހާ އަތޮޅު ތަކުގައި ތިބި ސިއްހީ ހިދުމަތުން އިހުމާލު ވެވިފަ ތިބި ރައްޔިތުންގެ ހައްގުގަ 2 ބޯޓް ބާއްވަން ޖެހުނީމަ ހަރަދަކަށް ވެއްޖެ.
23 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.