Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

04 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިންނަށް: ރައީސް

ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބައެއްގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާއި މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަ ކަމަށާއި، އެ ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރޭން ކަމަށެވެ. 

ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެބައެއްގެ އަތުގައި އޮތް ބައެއްގެއަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އޭގެ ތަފްޞީލަކަށް ވަޑައެއް ނުގަންނަވައެވެ.

ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ހާލަތަށް ބަލާއިރު، ރާއްޖޭގައިވެސް ކަން އޮތީ އެމޭރުމުން ކަމަށް ވީނަމަވެސް، މިހާތަނަށް އެ މިންވަރަށްވެސް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެހެންބޭފުޅަކު އެވާހަކަ ވިދާޅުވެފައެއް ނުވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ، މިރާއްޖޭގައި މީހުން ވަޒަންވެރިވީ ދުވަސްވަރެއް ނޭނގޭ އެހާމެ ޤަދީމީ ރާއްޖެއެއް ކަމަށެވެ. އަދި މިޒަމާންވީ ދުވަސްތަކުން އަޅުގަނޑުމެންވަނީ، ފުން އާއިލީ ގުޅުމަކުން ގުޅި ލާމެހިފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިޤައުމުގެ ވެހީންގެ ގޮތުގައި އަޅުގަނޑުމެން ހޭދަކުރި ހަތަރުހާހެއްހައި އަހަރުގެ ތެރޭގައި އަމިއްލަ ބަހަކާއި، އަމިއްލަ އަކުރެއް އުފެދި، އެބަހަށް ވަނީ އެތައް މުއްސަނދިކަމެއް ލިބިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.