Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު --

10 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަބްސިޑީއަށް ގެންނަ ބަދަލުތައް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ!

ސަބްސިޑީ ދިނުމުގެ އުސޫލުތަކަށް ގެންނަ ބަދަލުތައް ކުރިޔަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި މިހާރު ސަބްސިޑީ ދެވެމުން އަންނަ އުސޫލުތަކަކީ، އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑު ކަމެއް ކަމުގައިވާތީ، ސަބްސިޑީދޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަނީ ސަބްސިޑީދޭ އުސޫލުތައް ހަރުދަނާ ކުރުމަށް ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ދެވޭ ތެލުގެ ސަބްސިޑީއާއި ކާޑުގެ ސަބްސިޑިއަކީ، އެއަށް ދައުލަތުގެ ބަޖެޓުން ތިން ބިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަންޖެހޭ ސަބްސިޑީތަކެކެވެ. އަދި އެހެން ދާއިރާތަކުން ދޭ ސަބްސިޑީތަކާއި އެކު ދައުލަތުން އެފަދަކަންކަމަށް ކުރާ ހޭދަ ހައެއްކަ ބިލިއަނަށް އަރައެވެ.

ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް ސަބްސިޑީ ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެސް، އެފަދަ ސަބްސިޑީ ހައްޤުވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީ ލިބޭނެ ގޮތް ހެދުމަށް ކުރަން ޖެހޭ ދިރާސާތަކާއި ކަންކަން ކުރެވެމުންދާ ކަމަށެވެ. އަދި އެކަންކަމުގެ އަލީގައި ސަރުކާރުން ގެންނާނެ ބަދަލުތައް ކުރިޔަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމުގައިވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ސަބްސިޑީ ކަނޑާލަން ނޫންކަމަށާއި، ސަބްސިޑީ ލިބެނީ އެންމެ ހައްޤުވެރި ފަރާތްތަކަށް ކަން ކަނޑައެޅުމަށް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.