Advertisement

ރައީސުލްޖުމްހޫރިއްޔާ ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރެއްވުން --

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙް ރައްޔިތުންނަށް އޮތް މުހިއްމު ބާރެއް ގެއްލިއްޖެ

ލާމަރުކަޒީ ޤާނޫނަށް މިސަރުކާރުން ގެނެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އިސްލާޙާއިއެކު ގެއްލިގެން ދިޔައީ، ރައްޔިތުންނަށް އޮތް މުހިއްމު ބާރެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. 

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި އިއްޔެ ގެޒެޓު ކުރައްވާފައި ވާއިރު، މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ޤައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްޤީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ޤާނޫނު ވަނީ އިޞްލާޙުކޮށްފައެވެ.

އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ޢަލީ ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ސީދާ ރައްޔިތުންގެ ވޯޓަށް އަހަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަކީ ރައްޔިތުންނަށް އޮތް ބާރެއް ރައްޔިތުންގެ އަތުން ނިގުޅައި ގަތުން ކަމަށެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި، މި ބިލުގައި "ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން" މާނަކޮށްފައިވަނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވައިލާ "އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އަށް ނުވަތަ ދިވެހިރާއްޖޭގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް ނުވަތަ ސަރަޙައްދަކަށް، އެ ރަށެއް ނުވަތަ ސަރަޙައްދެއް ނިސްބަތްވާ ސިޓީ ކައުންސިލުން އެކުލަވައިލާ "ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އަށެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙާއި މެދު އެހެން ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
ކޮންމެ ކައުންސިލަކަށް ދެން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެއް ލުން މުހިންމު
09 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.