Advertisement

ފުލުހުންގެ އިދާރާ --

10 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މަރުގެ މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންގެ ޚާއްޞާ ޓީމެއް ހޮޅުދޫއަށް!

ހޮޅޫދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމަށް އެރަށަށް ފުލުހުންގެ ޚާއްޞަ ޓީމެއް ފުރައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުގެ އެމައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރު އެރަށަށް ގޮސްފައިވާ ކަމަށެވެ. މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށާއި އަންހެންމީހާ ހޮޅުދޫ ޞިއްޙީމަރުކަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ޒަޚަމްތަކަކާއި އެކު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ހޮޅުދޫއިން މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެނަކީ، އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާއަކީ، ނަފްސާނީ މައްސަލަތަކެއްވެސް ހުރި މީހެކެވެ. ޒަކިއްޔާ މަރުވީ އޭނާގެ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމަށާއި އޭނާ ވެއްޓިފައި އޮތް ތަނުގެ ކައިރިން ވަޅިއެއް ފެނުނު ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި މަރުގެ މިހާދިސާ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.