Advertisement

ގެއެއްގެ ފާޚާނާ ފެންލައިޓުން ވަދެއް ވައްކަން ކުރި މީހުން---

05 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފާޚާނާ ފެންލައިޓުން ގެއަކަށް ވަދެ ވަޅިން ބިރު ދައްކައިގެން ފޭރުނު ދެމީހުން ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ފެންލައިޓުން ވަދެ އެގޭގެ ކޮޓަރިއެއްގައި ތިބި ދެމީހުންގެ ކަރުގައި ވަޅި ޖައްސައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހަވީރު ހނގި މިފޭރުމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މ. ދާރުލްޤަރާރު، އިސްމާޢީލް ވިޝާލް (30އ) އާއި ބ. ދަރަވަންދޫ ވިދުވަރު، ޙުސައިން ޝާއިފް (32އ)އެވެ.

ފުލުުހުންގެ އިދާރާއިން ވިދާޅުވީ، ފާޚާނާގެ ފެންލައިޓުން ގެއަކަށް ވަނުމަށްފަހުގައި، އެކޮޓަރިތެރޭގައި ތިބި މީހުން ރަހީނުކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނު ތަކެއް ފޭރިގަނެފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ އަތުން ލެޕްޓޮޕާއި މޯބައިލްފޯނު ފޭރިގެން ގެންގޮސްފައިވާ ކަމަށާއި، ރޭ އެދެމީހުން ހޯދައި ހައްޔަރުކުރި އިރު، އެމީހުން ފޭރުނު ތަކެއްޗާއި، އެމީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެހެނިގެން ތަކެތިވެސް ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.