Advertisement

ހުޅުމާލޭގައި އެކްސިޑެންޓްވި ސަރަހައްދު ---

06 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރޭސިންގ އާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަތައް ބާޠިލްކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ މަގުގައި ރޭ ހިނގި އެކްސިޑެންޓާއި ގުޅިގެން، ރޭސިންގ އާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަ ބާޠިލްކުރައްވައިފިއެވެ.

2023 އޮކްޓޯބަރ 19 ގައި ދީފައިވާ މިހުއްދަތައް ބާޠިލުކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ރޭސް ޖެހުމަށް ހުއްދަކޮށް ސަރަހައްދުތައް މީގެ ކުރިން ކަނޑައަޅާފައި ވީ ނަމަވެސް އެފަދަ ހުރިހާ ހުއްދައެއް ބާޠިލް ކުރުމަށް ރައީސުލްމްހޫރިއްޔާ މިއަދު ވަނީ އަންގަވާފައެވެ.

މިނިންމުން ރައީސް ނިންމެވީ، ރޭ ހުޅުމާލޭ ބަގީޗާ މަގުގައި ދުއްވި ރޭސް ކާރަކުން ސައިކަލެއްގައި ޖެހި، އެ ސައިކަލު ދުއްވަން އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަންސް ލާންސްކޯޕްރަލް ޙަސަން ސަމާޙް ނިޔާވުމާއި ގުޅިގެންނެވެ.

ސަމާޙުގެ މަރުގެ ހާދިސާއަށް ފަހު، ހުޅުމާލެއާ މާލޭގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ސްޕޯޓްސް ކާރުތައް ދުއްވާ މައްސަލައިގައި އާއްމުން ވަނީ ނުރުހުންފާޅުކޮށް، އެކަން ހުއްޓުވައި ދިނުމަށް ސޯޝަލްމީޑިއާގެ މަންސަތަކުގައި ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.