Advertisement

29 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސްޓެލްކޯގައި ކޯލް ސެންޓަރެއް ގާއިމްކޮށް 1545 ހޮޓްލައިން ތައާރަފްކޮށްފި

ސްޓެލްކޯއިން ރައްޔިތުންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން، އެ ކުންފުނީގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ފަސޭހައިން ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 1545 ހޮޓްލައިން ތައާރަފްކޮށްފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ހޮޓްލައިން މެދުވެރިކޮށް ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި އެ ކުންފުންޏާއި މުއާމަލާތް ކުރެވޭނެއެވެ.

ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ހިދުމަތްދެމުން އަންނަ ސްޓެލްކޯގައި ކޯލް ސެންޓަރެއް ގާއިމްކޮށް ހޮޓްލައިނެއް ތައާރަފް ކުރެވުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ ފާހަގަ ކުރައްވަނީ ވަރަށް ތާރީހީ ކަމެއްގެ ގޮތުގައެވެ. އެގޮތުން ފަހުމީ ވިދާޅުވީ، އެބޭފުޅާގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

"ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައި. ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ."

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

ހޮޓްލައިން ނަމްބަރު މެދުވެރިކޮށް ގުޅުމުގެ އިތުރުން، ވައިބާ، ވަޓްސްއަޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް އެ ކުންފުންނާ މިހާރު ޗެޓް ކުރެވޭނެއެވެ. އެގޮތުން ސްޓެލްކޯގެ ވެބްސައިޓަށް ޒިޔާރަތްކޮށް (https://stelco.com.mv/stelcocare) ބޭނުންފުޅުވާ ޕްލެޓްފޯމަކަށް ފޯނުން ސްކޭން ކުރެއްވުމުން، އެ ޕްލެޓްފޯމެއް މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރާއި މުއާމަލާތް ކުރެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.