Advertisement

އަންހެނަކު ރަހީނުކޮށްގެން އުޅުނު އަޠުހަރު --

31 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އަންހެނަކު ރަހީނު ކުރި މިހާގެ ޣައިރު ހާޟިރުގައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރުދީފި

ދިވެހި އަންހެނެއްގެ ކަރުގައި ވަޅިޖައްސައި އޭނާ ރަހީނުކޮށްގެން ފުލުހުންނަށް ފިލަން އުޅެނިކޮށް ހައްޔަރުކުރި، ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ޝަރީޢަތް ނިމެންދެން ބަންދުކޮށްފަިއ ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރު ދީފިއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާ ރަހީނުކުރި އަންހެންމީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު އަނެއްކާވެސް އިތުރު ފަރުވާއަށް އޭނާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޠުހަރަށް އެހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައި މިއަދި ހެނދުނު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށެވެ.

އަޠުހަރުގެ ޞިއްޙީ ޙާލު ގޯސްކަމަށް ބުނެ ފެތުރި ވާހަކަތައް ފުލުހުންގެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ.

އަޠުހަރަށް އަނިޔާވީ، އޭނާ ރަހީނުކޮށްފައި ހުރި އަންހެންމީހާ، އޭނާގެ އަތްދަށުން ސަލާމަތް ކުރުމަށް، ފުލުސް އޮފިސަރަކު ފުރަގަހުން ކައިރިވެ އޭނާގެ ބޮލުގައި މުގުރުން ޖެހުމުގެ ސަބަބުންނެވެ. އަދި އޭނާ ވެއްޓުމުން އާއްމުންވެސް އޭނާގެ ގަޔަށް އަަރައިގަތްތަން، ވީޑިއޯއިން ފެނެއެވެ.

އަޠުހަރަށް ލިބިފައިވާ ޒަޚަމާއި އޭނާގެ ޞިއްޙީ ޙާލަތު ފުލުހުންވެސް ހާމައެއް ނުކުރެއެވެ. އަޠުހަރުގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރުމުގައި ފުލުހުން އަމަލު ކުރިގޮތަށް އެއްބައި ފަރާތްތަކުން ތަޢުރީފުކޮށްފައިވާ އިރު އެކަމަށް ބައެއް ފަރާތްތަކުން ވަނީ ފާޑުވެސް ކިޔާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.