Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

01 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލަނީ

މިހާރު ކުރިއަށްދާ ވަޒީރުންގެ މަޖިލީހުގައި، ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފެށުމުގެ ކުރިން، ދެއްވި ބަޔާނުގައެވެ. 

އެބަޔާނުގައި އެމަނިކުފާނު ވަނީ، މިދިޔަހަފްތާގައި ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީވެސް ވަރަށް މުހިއްމު ނިންމެވުމެއް ކަމުގައި ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު މަޝްވަރާކުރައްވާނެ ކަންކަމުގެ ތެރޭގައި، އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ބަދަލުކުރެއްވުމާއި،  އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބަދަލުތަކާއި އެކުަގައި ރައްޔިތުންނަށް ވާނެ ވަރަށް ގިނަ ގުނަ ފައިދާތައް އެބަހުރި ކަމުގައެވެ. 

"ވަރަށް ތަފާތު، ރާއްޖޭގެ ތަރައްޤީއަށް، ކުރިއަރާފައިވާ ކުދި ބައެއް ޤައުމުތަކުގައިވެސް ކަންކުރާ ގޮތުން، ދުބާއީ، ސިންގަޕޫރު ތަންތަނގައިވެެސް ކަން ކުރާ ގޮތް، މި އިޤުތިޞާދު ޑައިވަސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފް ކުރުން، މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުންވެސް މިއަދު އަޅުގަނޑުމެން އެޖެންޑާކޮށްގެން މިއުޅެނީ."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު --

ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އިންތިހާއަށް ގޯސްވެފައި ވާއިރު، ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް މާލީ އިދާރާތަކުން އަންނަނީ އިންޒާރުތައް ދެމުންނެވެ. އަދި ޚަރަދުކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް މާލީ އިދާރާތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.