Advertisement

02 Sep 2024
ޚަބަރު

އިސްތިއުނާފުގައި ހައިކޯޓުން ދޫކޮށްލި އިކްރާމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުގައި ބަހައްޓާފައި ހުރި އިބްރާޙިމް އިކްރާމް ހައި ކޯޓުގެ އަމުރަކަށް ދޫކޮށްލާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާ ހައްޔަރުކޮށްފިއެވެ. ހައި ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރީ، އޭނާ ހައްޔަރުގައި ބެހެއްޓުމަށް ނެރުނު އަމުރު ނެރެފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅައެވެ.

މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރީ އިކްރާމުގެ ފަރާތުންނެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލައި ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށާއި، ތަހުގީގީ މަރުހަލާގައި އެ ހައްގު ހޯދައިދިނުމުގައި އަމަލު ކޮށްފައިވަނީ ރަގަޅަށް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައި ކޯޓުން އޭނާ ދޫކޮށްލުމަށް ހުކުމް ކުރުމުގައި ތަހުގީގީ މަރުހަލާގެ އިހުމާލެއް ވާނަމަ އެކަން ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އިކްރާމް އަލުން ހައްޔަރު ކޮށްފައި މިވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިތާ 4 ގަޑިއިރެއްހާއިރު ފަހުންނެވެ.

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓުތައް ކައިރިން ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.

އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.