Advertisement

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ---

01 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ކުންފުނިތައް އެއްކޮށްލުމުން ހިންގުމުގެ ޚަރަދުތައް ކުޑަވެގެންދާނެ - މިނިސްޓަ ސަޢީދު

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމުން، އެކުންފުނިތައް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެ ރައްކާކުރެވޭ ފައިސާ އިތުރުވެގެންދާނެ ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، މިއަދު ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރެއްވުމުގެ ގޮތުން ބޭއްވި ނޫސްކޮށްފަރެންސްގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ، އާއި ރީޖަނަލް އެއާޕޯޓްސް އެއްކޮށްލައި، އަދި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން ބަދަލުކޮށް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ އެއްކޮށްލައި، އަދި އެގްރޯ ނެޓް މޯލްޑިވްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ބައެއްގެ ގޮތުގައި ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ސަޢީދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒެއް ހިފާފައި ވަނީ އިޤުތިޞާދު ސިންދަފާތުކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ އެޖެންޑާ ތަންފީޒް ކުރުމަށެވެ. އަދި އެ އެޖެންޑާއަކީ ވޯލްޑްބޭންކާއި އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުން ތަޢުރީފުކޮށްފައިވާ އެޖެންޑާއެއް ކަމުގައި މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާާޅުވީ، މިބަދަލުތައް ސަރުކާރުގެ ތެރެއިން ގެންނަމުންދާނީ، މުވައްޒަފުންނަށް އެކަމުގެ އަސަރު އެންމެ ކުޑަގޮތްތަކަށް ބަލައިގެން ކަމަށެވެ. އަދި އެއްވެސް ދިވެހިި ރައްޔިތެއްގެ ވަޒީފާއެއް ގެއްލުމަކީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމެއް ނޫންކަމުގައިވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ސަޢީދު އެންމެ ބޮޑަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކަށް އޮފީސްތައް ކުއްޔަށް ހިފުމާއި، އިދާރީ އެހެނިހެން ޚަރަދުތަކަށް ހިނގާ ހޭދަ ބޮޑެވެ. އެހެންކަމުން ސަރުކާރުން އަޅުއްވަން ނިންމެވި މިފިޔަވަޅުތަކުގެ ސަބަބުން އެ ހޭދަތައް ކުޑަވެގެން ދާނެކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.