Advertisement

އަންހެނަކު ރަހީނު ކުރި އަޠުހަރު ---

01 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި

އަންހެނަކު ރަހީނުކޮށް، އެ އަންހެންމީހާ މަރާލާނެކަމަށް ބުނެ ފުލުހުންނަށް އިންޒާރުދިް އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަ ކަމުގައި ދިވެހި ފުުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އަޠުހަރު އަމިއްލައަށް މަރުވެއްޖެ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ޚަބަރު ފުލުހުންގެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އަދި އޭނާގެ ފުރާނަ އެބަހުރިކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ  ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ)ގެ އަޠުހަރު ވަނީ އަންހެނަކު ރަހީނުކޮށް އޭނާ ގެ ކަރުގައި ތޫނު އެއްޗެއް ޖައްސައި މަރާލާނެ ކަމުގެ އިންޒާރުދީ ހިފަހައްޓާފައެވެ. އަޠުހަރު ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރުމަށް، ފުލުހުން ކުރި މަސައްކަތުގައި ފުލުހުން ވަނީ އަޠުހަރުގެ ބޮލުގައި މުގުރަކުން ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފައެވެ. އަދި އޭނާ ބިންމައްޗަށް ވެއްޓެމުން ދިޔަ ވަގުތު، އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން އަންހެންމީހާއަށް ހަމަލާދޭން އުޅުމުން އެކަމަށް ހުރަސްއަޅައި ހިފެހެއްޓީވެސް ފުލުސް އޮފިސަރުވެސް ޒަޚަމްވިއެވެ.

އަޠުހަރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުގައި، ދޫކޮށްލުމުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި ދެވަނަ ފަހަަރަށް އޭނާގެ ހާލު ގޯސްވާތީ ފުލުހުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދީފައެވެ. އަދި އޭނާގެ ޣައިރު ޙާޟިރުގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ވަނީ އަމުރު ދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.