Advertisement

ޤާނޫނީ ވަކީލު މައުރޫފް އަޙްމަދު ---

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ، ކުރެއްވީ ކުރައްވަން ނުޖެހޭ ކަމެއް: ވަކީލު މައުރޫފް

"މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އުވައިލައްވައި އެ އޮތޯރިޓީ އަލުން ޤާއިމް ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އަލުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމުގައި، ޤާނޫނީ ވަކީލު، އަޙްމަދު މަޢުރޫފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ވަކީލު މައުރޫފް ވިދާޅުވީ، 

މި ފަހަރު ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފައި މި އޮތީ ބޭކާރު ކަމެއް ކަމަށާއި، އެ ކަންކަން އޮންނަގޮތް ރަނގަޅަށް ރައީސަށް ދަންނަވައިދޭނެ މީހުން އަރިހުގައި ނެތީތޯ ނުވަތަ، ހުސް ވަގުތު ގިނަކަމުން މިކަހަލަ ބޭކާރު ކަންކަން ރައީސަށް ކުރެއްވެނީތޯވެސް މައުރޫފު ވަނީ ސުވާލު އުފައްދަވާފައެވެ.

މައުރޫފް ވިދާޅުވީ، މިއަދު (އޮގަސްޓު 23 ވަނަ ދުވަހު) ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، "މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ" މިހެން ކަމަށެވެ. 

އޭގެ މާނައަކީ، ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނުގެ ޒަރީއާއިން އިދާރާ ޤާއިމުވީ ކަމަށާއި، އަލުން ޤާއިމުކުރަން ނުޖެހޭ ކަމުގައިވެސް މައުރޫފް ވިދާޅުވިއެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިން ހިނގަމުން އައި އިދާރާ ޤާނޫނީގޮތުން އުވުނީ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީ އުވައިލާންވެސް ނުޖެހޭނެ ކަމުގައި މައުރޫފް ވިދާޅުވިއެވެ. އަދި މުދަލާއި، ވަސީލަތްތަކާއި ބަޖެޓާއި މުވައްޒަފުންވެސް އައު އިދާރާގެ ދަށަށް ބަދަލުވާނެކަން މައުރޫފް ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ސަރުކާރުގެ އިދާރާއެއް/ ޑިޕާޓްމަންޓެއް/ ކޮމިޝަނެއް/ ލަފާދޭ ކައުންސިލެއް ނުވަތަ ބޯޑެއް ރައީސް އުފައްދަވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އެތަނެއް އުފައްދަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށް ލާޒިމުކޮށްފައި އޮންނަ ހާލަތުގައި އެކަނި ކަމަށެެވެ. އަދި މިއަދު އަމަލުކުރަން ފެށުނު ޤާނޫނުގައި އޮތީ އެހެން ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، މިހާތަނަށް ހިންގަމުން އައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުވާލައްވައި ހަމަ އެނަމުގައި އައު އޮތޯރިޓީއެއް ޤާއިމް ކުރައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިއްބެ
ކަންކަން ކުރަންޖެހޭމިންވަރަށްނުކުރެވުނީމައި ވާނީއެހެން
23 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.