Advertisement

ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރު ---

24 Aug 2024
ޚަބަރު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި ޒީނާ ޒާހިރު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ މަޤާމުން އިސްތިއުފާ ދެއްވިކަން ޔަޤީންކޮށްދެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. ހަމައެކަނި ވިދާޅުވީ މިއަދު ހަވީރު މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަަމަށެވެ.

ޒީނާ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

2005 ވަނަ އަހަރު މިއަދު ނޫހުން ނޫސްވެރިކަމުގެ ތެރެއަށް ވަޑައިގެންނެވި، ޒީނާ ވަނީ، ވީޓީވީގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުވެސް ޒީނާ ފުރުއްވިއެވެ.

ނޫން.އެމްވީގެ "ކޮފީ ވިތު ސުލައިމާން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ޒީނާ ވަނީ އޭނާ މަސައްކަތް ކުރައްވާނީ، ދައުލަތުގެ މީޑިއާއަކީ ހުރިހާ ރައްޔިތުންގެ އަޑު ގެނެސްދެއްވުމަށް ކަމަށެވެ. އަދި ކުންފުންޏާއި ހަވާލުވެވަޑައިގެންނެވި އިރު ބޮޑެތި ދަރަނިތަކާއި މާލީ ގޮންޖެހުންތައްވެސް އޮތްކަން ޒީނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.