Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާބޮޑު: ރައީސް ނަޝީދު

ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އޮތް ގޮތުން ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ބޮޑު ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު ޤައުމީ ބޭންކް ބީއެމްއެލްއިން ގެނައި ބޮޑު ބަދަލާއި ގުޅިގެން އާއްމުން އިންތިހާއަށް ކަންބޮޑުވުން ފާޅުުކުރަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ. 

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގަިއ ވިދާޅުވީ، މާލީ ޙާލަތު މިހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާކުރެވޭ ގޮތާއި، އަދި އަރައިގަތުމަށް އަމަލުކުރަން ރާވާފައިވާ ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ. 

ރައީސް ނަޝީދަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިޒާމް ބަދަލުކޮށް ވެރިކަން ބަދަލުކުރައްވަން މަސައްކަތް ކުރައްވައި އަދި ފަހުން އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ނުކުންނަވައި، އެމްޑީޕީ ސަރުކާރު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ގެންނެވުމަށްޓަކައި ޢަމަލާއި ބަހުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިވަގުތު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.