Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް --

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފައްޔާޒުގެ ރައްދު ސަޢީދަށް: ވިދާޅުވީ، ސަރުކާރުގައި ޤާބިލް ކަމެއް ނެތް ކަމަށް!

ރާއްޖޭގެ އިޤުތިޞާދީ ޙާލަތުގެ ކަންބޮޑުވުންތައް ހާމަކުރައްވައި، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ޓްވިޓާގައި ކުރެއްވި ޕޯސްޓަށް، މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ޖަވާބު ދެއްވުމުން. ފައްޔާޒުވެސް ސަޢީދަށް ރައްދު ދެއްވައި މިސަރުކާރަކީ، ޤާބިލްކަމެއް އަދި ތަޞައްވަރެއްވެސް ނެތް ސަރުކާރެއް ކަމުގައި ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގައި 42 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަދި އެ ބޭންކުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އައިޝަތު ނޫރައްދީން، ޕީސީބީން، މަޤާމުން ވަކިކުރުމާއި ގުޅިގެން ފައްޔާޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. 

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒު ވިދާޅުވީ، މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ.  ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއްކަމާއި މިނިވަންކަމާއެކު ބޭންކު ހިނގުމަށް ފުރުޞަތު އޮންނަން ޖެހޭނެ ކަމުގައިވެސް އޭނާ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ދެއްކެވި ވާހަަކަފުޅަށް މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ އެކްސްގައި ރައްދު ދެއްވާފައެވެ. އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރުން ދިފާޢު ކުރައްވައި، ސަޢީދު ވިދާޅުވީ، ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު ކަމަށެވެ.

"100އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި. މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން. ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު."

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު --

ސަޢީދަށް ރައްދު ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ، އެމްޑީޕީން އިޤުތިޞާދު އަޑިއަޅުވައިލި ކަމަށް ބުނާއިރު، މިސަރުކާރާއި މިނިސްޓަރ ސަޢީދުވެސް ސަރުކާރަށް ވަޑައިގެންނެވީ، އަދި ކެމްޕޭންތެރޭގައި ރައްޔިތުންނަށް ވަޢުދުވެވަޑައިގަންނަަވަމުން އައީ އިޤުތިޞާދު ހަމަމަގަށް އަޅުވާނެ ކަމަށް ކަމަށެވެ. އަދި ރައްޔިތުން މިސަރުކާރަށް ވޯޓު ދިނީވެސް އެވަޢުދުތައް ފުއްދާނެ ކަން ޤަބޫލުކޮށްގެން ކަމަށާއި، ކުރީ ސަރުކާރޭ ކިޔައި ކިޔައި ތިބުމުގެ ބޭނުމެއް ނެތް ކަމަށާއި ރައްޔިތުން އެދެނީ އެގޮތް ނޫންކަންވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ވެރިކަމަށް ނުވަމަސް ވެގެންދާއިރު ފެންނަމުން ދަނީ ކޮންމެ ކަމެއްގައި ކުރީ ސަރުކާރުގެ ވާހަކަ ދައްކާތަން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ހައްލު ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ، ރާއްޖެ އިޤުތިޞާދީ އަމާން ބަނދަރަކަށް ގެންގޮސްދެއްވުން އެދޭ ކަމަށާއި، އެހެން ނަމަވެސް މިސަރުކާރުގައި އެފަދަ ތަޞައްވަރެއް އަދި ޤާބިލް ކަމެއްވެސް ނެތްކަން ފާހަގަކުރައްވާފައެެވެ.

ރާއްޖޭގެ އިޤުތިޞާދީ ހާލަތު އިންތިހާއަށް ގޯސްވެ، ދައުލަތް ދަރަނިވެރިވެ، އާއްމު އަސާސީ ބޭނުންތަކަށް މަރުކަޒީ ބޭންކުގައި ހުންނަ ޑޮލަރުގެ ރިޒާވްވެސް ހުސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެެވެ. އެމްއެމްއޭއިން އެކަން ދޮގުކުރި ނަމަވެސް ރިޒާވާއި ގުޅޭ ގޮތުން އެމްއެމްއޭއިން އިތުރު ވާހަކައެއް ނުދައްކައެވެ.

މިނިސްޓަރ ފައްޔާޒު ވަނީ، ފައިސާ ޗާޕުކޮށް، ސޮވެރިންގ ފަނޑުގައި ހުރި ފައިސާގައިވެސް މިސަރުކާރުން އަތްލާނެކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އަލިފު ޙާ!
ތިޔަ ބުނާ ޤާބިލުކަމަކީ ވަށްކަންކުރުން ކަމަށް ވާނަމަ، އެމްޑީޕީގެ އެ ޤާބިލުކަން ހުރި އެއްވެސް ބަޔަކު ނުހުންނާނެ!
25 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.