Advertisement

މާލޭގެ ރަށްވެހީންގެ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ނޫން.އެމްވީ

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލުކުރުން ލަސްކުރާތީ މުޒާހަރާ ފަށައިފި

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ހަވާލުކުރުން ސަރުކާރުން ލަސް ކުރަމުންދާތީ އެ ގޯއްޗާއި ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކުން މުޒާހަރާއަށް ނުކުމެއްޖެއެވެ.

މިގޮތުން، ގޯއްޗާއި ފްލެޓް ލިބިފައިވާ މާލޭގެ ރަށްވެހިންވަނީ މިރޭ މާލޭ ލޮނު ޒިޔާރަތްކޮޅު ރާޅު ގަނޑު ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފައެވެ. އެފަރާތްތަކުން ގޮވާލާފައި ވަނީ، ގޯއްޗާއި ފްލެޓްތައް ދިނުން އަވަސްކުރުމަށެވެ. އަދި ނުހިއްކާ އޮތް ބިންތައް ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. 

މުޒާހަރާގެ ތެރެއިން -- ފޮޓޯ: ނޫން. އެމްވީ

ބިންވެރިޔާ ސްކީމްގެ ދަށުން، ކުރީ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ޖުމުލަ 9003 ގޯތި ދޫކުރިއެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯތި ލިބޭ ފަރާތްތަކަށް ކަނޑައަޅައި އެފަރާތްތަކަށް ގޯތި ލިބުނު ކަމުގެ ލިޔުމާއި ރެޖިސްޓްރީ ހަވާލުކޮށް، ބިން ކަނޑައި ދިނުމުގެ މަސައްކަތް ސަރުކާރު ބަދަލުވުމާއި ހަމައަށް ކުރިޔަށް ގެންދިޔައެވެ.

ކޮމެންޓް
އައި
އެދެވެނީ ކަނޑު ރަސްގެފާނު ތަޅުދަނޑި ދިނީމަ
24 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.