Advertisement

23 Aug 2024
ޚަބަރު

ބަލިމަޑުކަމެއް ފެތުރިދާނެތީ ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަށް ގައްދޫ ކައުންސިލުން އިލްތިމާސްކޮށްފި

ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންދާ ކަމަށް ފާހަގަކުރެވިގެން، އެކަމުގެ ސަބަބުން އެ ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމަށް ބެލެވޭތީ، އެކަން އެގޮތަށް ނުކުރުމަށް ގައްދޫ ކައުންސިލުން އެދިއްޖެއެވެ.

ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ބޭސް ބޭނުންކުރުމުގެ ސަބަބުން މަރުވެފައިވާ ބުޅަލާއި ކާޅު ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ރަށުގެ އެކި ހިސާބުން ފެނިފައިވާ ކަމަށެވެ. އަދި އެކަމުގެ އުނދަގޫ ރައްޔިތުންނަށް ފޯރައި، އެކަމުގެ ޝަކުވާ ކައުންސިލަށް ކޮށްފައިވާކަން ވެސް ވަނީ އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ކައުންސިލުން މިކަން ހުއްޓާލުމަށް އެދުނީ، ވިއްސާރަ މޫސުމެއްގައި އެގޮތަށް މަގުމަތީގައި މަރުވެފައިވާ ބުޅާތައް ހުރެއްޖެނަމަ، އެއީ ބަލިމަޑުކަމެއް ފެތުރުމުގެ އަސްލަކަށް ވެދާނެކަމަށް ހީވާތީކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންގެންދާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ރަށުގެ ބޭރު މަގުންނާއި އެކިއެކި ދިމަދިމާލުން މަރުވެފައިވާ ބުޅާ، އަދި ކާޅުތައް ފެނިފައިވެއެވެ.މިގޮތަށް ބުޅާ އެކިތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން ޢާންމުންނަށް އޭގެ އުދަނގޫތަށްވެ މިކަމުގެ ޝަކުވާ ދަނީ ކައުންސިލަށް ލިބެމުންނެވެ. އަދި ވިއްސާރަ މޫސުމަކަށް ވެފައި މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެހެން ހީވާތީ މިގޮތަށް ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަކީ މިކައުންސިލުން އެދޭ ވަރަށްބޮޑު އެދުމެކެވެ.

 ގައްދޫ ކައުންސިލުން 21 އޯގަސްޓުގައި ނެރުނު ބަޔާނުގައި ވެއެވެ.

ބުޅަލާ ގުޅޭ ބަޔާނެއް ގައްދޫ ކައުންސިލުން ނެރުނު މި ވަގުތުގައި، ބުޅަލުގެ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ ކަމުގެ ބޮޑު މައްސަލައެއްގެ އަޑު މިވަނީ މުޅި ރާއްޖޭގައި ގަދަވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.