Advertisement

އެޗްޑީސީން ހަދާފައިވާ ލަކުޑި ކިއޮސްކްތައް --

23 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އެޗްޑީސީގެ މިއިން ކިއޮސްކެއް ލިބެނީ، -/58500 ރުފިޔާއަށް!

ހުޅުމާލެ ފޭސް 2ގެ ރުއްގަނޑު 3ގައި އާއްމު ފަރާތްތަކުން ޤަވާއިދުތަކާއި ޚިލާފަށް ކުރަމުން އައި ވިޔަފާރިތައް ހުއްޓުވައި، އެތަނުގައި އެޗްޑީސީން ހެދި ލަކުޑި ކިއޮސްކްތައް ބޮޑުއަގުގައި ކުއްޔަށްދޭން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެޗްޑީސީން ހަދާފައިވާ ލަކުޑި ކިއޮސްކްތައް، ކުއްޔަށް ހިފަން ބޭނުންވާ، ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ފޯމު ދޫކުރަން ފަށާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ފޯމު ހުށައެޅުމަށް މުއްދަތު ދީފައިވާއިރު، މި ކިއޮސްކްތައް ލިބޭނެ ފަރާތްތައް ހޮވާނީ ގުރުއަތުލައިގެން ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ކިއޮސްކް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން ފޯމެއް ވިއްކާ އަގަކީ، -/1000ރ އެވެ. އަދި އެކަކަށް އެއް ފޯމަށްވުރެ ގިނަ ފޯމް ގަނެވިދާނެ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނެފައި ވަނީ ގުރުއަތުން ހޮވުމާއި އެކު، ހަމަ ވަގުތުން އިކުއިޒިޝަން ފީގެ ގޮތުގައި -/5000ރ ދައްކަން ޖެހޭނެ ކަމަށާއި، މިފައިސާ ބަލައިގަންނާނީ، ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ކާޑުން ކަމަށެވެ. އަދި ކިއޮސްކު ކުއްޔަށް ހިފުމަށް ފުރުޞަތު ލިބޭނެކަން އަންގައި ސިޓީ ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި، ލީސް ޑިޕޮޒިޓްގެ ގޮތުގައި -/10،500ރ ދައްކަން ޖެހޭނެ ކަމަށެވެ. 

އަދި މިއިން ކޮންމެ ކިއޮސްކެއް ކުއްޔަށް ދޫކުރަނީ، މަހަކު، -/3500ރ އަށް ކަމުގައިވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. މިއީ ހިޔާގެ ފްލެޓެއްގެ ކުއްޔާއި ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.

އެޗްޑީސީން ހާމަކޮށްފައިވާ މިމައުލޫމާތަށް ބަލާއިރު، ކިއޮސްކު ލިބޭ ފަރާތުން ފުރަތަމަ މަހުވެސް، އެޗްޑީސީއަށް -/19000ރ ދައްކަން ޖެހެއެވެ. އަދި އެއް އަހަރު ދުވަހަށް ކުއްޔަށްދޭ އެއިން ކޮންމެ ކިއޮސްކްއަކަށް އެއް އަހަރުގެ ތެރޭގައި އެޗްޑީސީއަށް -/58500ރ ދައްކަން ޖެހެއެވެ.

މީގެ އިތުރުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މިކިއޮސްކްތައް ހުޅުވައި ޚިދުމަތް ދެވޭނީ، ހެނދުނު 7:00 އިން ރޭގަނޑު 11:00އަށެވެ. އަދި މިއިން އެއްވެސް ކިއޮސްކްއެއްގެ ކައިރީގައި ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތެއް ނުދެވޭނެއެވެ.

މީގެ އިތުރުން މި ކިއޮސްކުން ޚިދުމަތްދޭ ފަރާތްތަކުން، އެޗް.ޕީ.އޭ އާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ. 

މި ކިއޮސްކްތައް އެޗްޑީސީން ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށެވެ. މިގޮތުން ހިޔާ ފްލެޓްގެ ވެރިފަރާތްތަކަށެވެ. ހިޔާގެ ފްލެޓްތައް ކުއްޔަށް ދިނުމާއި ކުއްޔަށް ހިިފުމަކީ މަނާކޮށްފައި އޮންނަ ކަމެއް ނަމަވެސް، ހިޔާ ފްލެޓްތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކަށްވެސް މި ކިއޮސްކްތައް ކުއްޔަށް ހިފުމަށް ކުރިމަތި ލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ޟަކަަނ
ސީދާ ސޮޔާސީ މީހުނައް ދޭން
23 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.