Advertisement

ޕީއެސްއެމްގެ އައު މެނޭޖިންގ ޑައިރެކްޓަރ، މުޙައްމަދު ސަޢީދު --

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެސްއެމްގެ އައު އެމްޑީއަކަށް ސަޢީދު ހަމަޖައްސަވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމަށް މުހައްމަދު ސަޢީދު ހަމަޖައްސަވައިފިއެވެ.

ގ. ދިލްކަޝް، މުޙައްމަދު ސަޢީދު އެބޯޑަށް ޢައްޔަނުކުރައްވައި، މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ހަމަޖައްސަވާފައިވާކަން، ޕްރައިވަޓައިޒޭޝަން އެންް ކޯޕަރަޓައިޒޭޝަން ބޯޑުން ހޮނިހިރު ދުވަހުގެ ރޭގައި ވަނީ ހާމަކުރައްވާފައެވެ.

މުހައްމަދު ސަޢީދު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ ތަޢުލީމީ ދާއިރާގައެވެ. 

ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމުން ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވި އިރު، ޒީނާ އެމަޤާމުން ވަކިކޮށް ސަޢީދު އެމަޤާމަށް ހަމަޖެއްސުމުގެ މަސައްކަތްތައް ދިޔައީ ހިނގަމުން ކަމުގައި، އެނގިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.