Advertisement

މާލޭގެ ހުކުރު މިސްކިތާ އެއްގޮތަށް އުލިގަމުގައި ބިނާކޮށްފައިވާ މިސްކިތެއް ---

23 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމަށް ބޭނުންވާ ކުޑަކުދިންނަށް އުލިގަމު ކައުންސިލުން އެ ފުރުސަތު ތަނަވަސްކޮށްދެނީ

ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމަށް ޝައުގުވެރިކަން ހުންނަ ކުޑަކުދިންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އުލިގަމު ކައުންސިލުން އުސޫލެއް ކަނޑައަޅައިފިއެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން، އެ ކަމުގެ މަގްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމާއި އެ ކުދިންނަކީ ދީނަށް ލޯބިކުރާ ކުދިންތަކެއް ކަމުގައި ހެދުމެވެ. އަދި އެ ކުޑަކުދިންނަކީ ބަންގި ގޮވައި، އިމާމުވެ ނަމާދު ކުރުމަށް ފަސްނުޖެހޭނެ ކުދިންކަމުގައި ހެދުމަކީ ވެސް އެ އުސޫލުން ހާސިލް ކުރަން ބޭނުންވާ މަގްސަދެކެވެ.

މި އުސޫލުގެ ދަށުން ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ ދެނީ އެ ރަށުގައި ހުންނަ ސަރުކާރުގެ މިސްކިތްތަކުންނެވެ. ނަމަވެސް، މި ފުރުސަތު ލިބޭނީ މިސްކިތްތަކުގެ އިމާމުން ބަލައި ޓެސްޓް ކުރުމަށްފަހު އެކަން ކުރެވޭނެ ޤާބިލުކަން ހުރި ކަމަށް ކަނޑައަޅާ ކުދިންގެ މަޢުލޫމާތު ކައުންސިލަށް އެންގުމުން، ކައުންސިލުން ލިޔުމުން ހުއްދަ ދޫކޮށްފައިވާ ކުދިންނަށެވެ.

ހުއްދަ ދޫކުރެވޭ ކުދިންގެ އިތުރު ޝަރުތުތަކެއް ވެސް ފުރިހަމަވާން ޖެހެއެވެ. އެގޮތުން ބަންގި ގޮވުމުގެ ފުރުސަތު ހޯދުމަށް އުމުރުން 7 އަހަރު ވެފައި ވުމާއި، ބަންގި ގޮވައި އިމާމުވެ ނަމާދު ކުރުމަށް އުމުރުން 14 އަހަރު ފުރިފައި ވާން ޖެހެއެވެ.

މީގެ އިތުރުން ބަންގި ގޮވައި އިމާމުވެ ނަމާދުކުރަން އެދޭ ކުދިންގެ ކިބައިގައި ނަމާދުކުރާއިރު ހުންނަންޖެހޭ ޙުޝޫޢަތްތެރިކަން ހުރުމާއި، ބެލެނިވެރިޔާގެ ހުއްދަ ލިބިފައި ވުމާއި، ބަންގި ގޮވާ ކުއްޖާ އަކީ ބަންގީގެ ކަލިމަތައް ސާފުކޮށް އެނގޭނޭ ގޮތަށް އަކުރުގެ މަޚްރަޖާއިއެކު ކިޔަން ދަންނަ ކުއްޖެއް ކަމުގައި ވުމާއި، އިމާމުވެ ނަމާދު ކުރާ ކުއްޖާއަށް ނަމާދުގެ ރުކުންތައް ފުރިހަމައަށް ކުރުމަށާއި، އިމާމުވެ ނަމާދު ކުރެވޭ ފެންވަރަށް ނަމާދުގެ ފިޤުޙު ދަންނަ ކުއްޖަކަށް ވުން ހިމެނެއެވެ. އަދި ފަރިތަކޮށް ކީރިތި ޤުރުއާނުގެ ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތައް ހިތުން، އަކުރުގެ މަޚްރަޖާއި ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔަން ދަންނަ ކުއްޖަކަށް ވާންވާނެކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.