އިމާމުވެ ނަމާދު ކުރުމަށް ބޭނުންވާ ކުޑަކުދިންނަށް އުލިގަމު ކައުންސިލުން އެކަން ފަހިކޮށްދެނީ
ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމަށް ޝައުގުވެރިކަން ހުންނަ ކުޑަކުދިންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އުލިގަމު ކައުންސިލުން އުސޫލެއް ކަނޑައަޅައިފިއެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން، އެ ކަމުގެ މަގްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމާއި އެ ކުދިންނަކީ ދީނަށް ލޯބިކުރާ ކުދިންތަކެއް ކަމުގައި ހެދުމެވެ.