Advertisement

ބީއެމްއެލް --

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ބޭރުން ވިޔަފާރި މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި ކާޑު ލިމިޓް 100 ޑޮލަރަށް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުން ވިޔަފާރި ނުކުރެވޭ ގޮތް ހަދައި، މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުގެ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެބަދަލުތަކަށް މިހިނދުން ފެށިގެން އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެބަދަލުތައް ގެނެސްފައި ވަނީ، ކާޑުން ކުރެވޭ ބޭރުގެ މުޢާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ބޭންކަން ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އެކުންފުނިން ގެނައި ބަދަލުތައް:

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: 

- ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ، ޑޮލަރުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް އެކާޑަކުން ނުދެއްކޭނެ.

މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: 

- ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ، ޑޮލަރުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް އެކާޑަކުން ނުދެއްކޭނެ.

މިހާރު ދޫކޮށްފައިވާ، ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް:

- މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މިބަދަލުތައް ގެނައީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުންވެސް ޑޮލަރު ހޭދަ ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. 

މިގެނެވުނު ބަދަލުތަކާއި އެކުވެސް ބީއެމްއެލްގައި ޑޮލަރު އެކައުންޓްތައް ހުޅުވާފައިވާ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ކާޑާއި ލިންކުކޮށްފައިވާ ކާޑުތަކުން މުއާމަލާތް ކުރެވޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.