Advertisement

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ---

19 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ފޮރިން މިނިސްޓަރާއި ގަވަރު ނަރު ސައޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރުގެ އިތުރުން ސަރުލާރުގެ ވަފުދެއް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ސަޢޫދީއަރަބިއްޔާއަށް ވަޑައިގެންފައި ވަނީ، އެޤައުމުގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އާލްސައުދުގެ ދައުވަތަކަށެވެ. 

މިދަތުރުފުޅުގައި، ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އާލްސައުދު އާއިއެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތައް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވޭނެ ކަމުގައިވެސް ވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގެ އިޤުތިޞާދު އިންތިހާއަށް ގޯސްވެ، އަސާސީ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރުމަށް ދަތިވާ ހިސާބަށް ވަނީ ގޮސްފައި ކަމުގައި އިޤުތިޞާދީ ދާއިރާގެ ބޭބޭފުޅުން ވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.