Advertisement

"ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރުން -- ފައިލް ފޮޓޯ

21 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޣައްޒާއަށް އެހީވުމަށް ހިންގި ޓެލެތޯންއިން ލިބުނު ފައިސާ ހަވާލުކޮށްފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން، މިއަހަރުގެ ޖޫން މަހު ކުރިޔަށް ގެންދިޔަ ޓެލެތޯން އިން ލިބުނު ފައިސާ ހަވާލުކޮށްފި ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ، އެ ޓެލެތޯނުގައި އެކި ފަރާތްތަކުން ހަދިޔާކުރި 19،309،468.02ރ. ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ އެފައިސާ އެމްއެމްއޭއިން ފޮނުވައިީފައި ވަނީ، ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ އެކައުންޓަށް ކަމުގައިވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ޖޫން 12 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ، ޕީއެސްއެމްއިން ފޮރިން މިނިސްޓްރީ އާ ހަވާލުކޮށްފައި ވަނީ، ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ. އެފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ހަވާލުކުރީ ކޮންތާރީޚެއްގައި ކަމެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ރާއްޖޭގައި ސަރުކާރުން ހިންގި ފަންޑް ރައިޒިން ހަރަކާތްތަކުން ލިބުނު ފައިސާއަށް ސަރުކާރުގެ އިސްބައެއް ބޭފުޅުން ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުތައްވެސް ކުރެވުނެވެ. މިގޮތުން 1987 ވަނަ އަހަރު، ފަލަސްޠީނުގެ ރައްޔިތުންގެ ފުރަތަމަ އިންތިފާޟާ ފެށިގެން ދިޔަ ދުވަސްވަރު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިން ހަދިޔާކުރި ފައިސާ އަށާއި، 2017 ވަނަ އަހަރު ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާއަށް އޭރުގެ ސަރުކާރުގެ ފަރާތްތަކުން ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުތައް ކުރެވުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.