Advertisement

12 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

99 އިންސައްތައިން އިންތިހާބު ކާމިޔާބުކުރެއްވި ރުވާންޑާގެ ކަގަމޭ ހަތަރު ވަނަ ދައުރަކަށް ހުވައިކުރައްވައިފި

މިދިޔަ މަހު ރުވާންޑާގައި ބޭއްވި އިންތިހާބު 99 އިންސައްތައިގެ ވޯޓުން ކާމިޔާބުކުރެއްވި ޕޯލް ކަގަމޭ ހަތަރު ވަނަ ދައުރަކަށް ރުވާންޑާގެ ރައީސްކަމުގެ ހުވައިކުރައްވައިފިއެވެ.

ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮތް ހުވައިކުރުމުގެ ބޮޑު ރަސްމިއްޔާތަށް ބައެއް ގައުމުތަކުގެ ވެރިންނާއި، އެފްރިކާ ގައުމުތަކުގެ މަތީ ފަންތީގެ ބޭފުޅުން ވަނީ ހާޒިރުވެފައެވެ. މި ރަސްމިއްޔާތު އޮތީ 45،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމެއްގައި، އާދިއްތަ ދުވަހުއެވެ.

ޖުލައި މަހު ބޭއްވި އިންތިހާބު ކަގަމީ ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ކަގަމީ އަކީ އެ ގައުމުގައި 1994 ގައި ހިނގި ގަތުލުއާންމަށްފަހު އެކުލަވާލި ވަގުތީ ސަރުކާރު ހިންގެވުމަށް ހަވާލުވެ، އަދި އޭގެ ފަހުން އެ ގައުމުގެ ރައީސްކަމަށް އިންތިހާބުވި ބޭފުޅާއެވެ. އޭގެ ފަހުން އެއްވެސް އިންތިހާބަކުން ކަގަލީ ބަލިވެފައެއް ނުވެއެވެ. އަދި ކޮންމެ ފަހަރަކު ވެސް އިންތިހާބު ކާމިޔާބު ކުރައްވަނީ 93 އިންސައްތައަށް ވުރެން މަތީ އަގުލަބިއްޔަތަކުންނެވެ.

މި އިންތިހާބުގައި ކަގަމީއާ ދެކޮޅަށް ވާދަކުރުމުގެ ހުއްދަ ދިނީ، އެކަމަށް އެދި ހުށަހެޅި 8 ކެނޑިޑޭޓުންގެ ތެރެއިން ދެ ކެނޑިޑޭޑަކަށެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަގަމީއަށް ފާޑު ކިޔާފައެވެ. އަދި ކަގަމީގެ ކާމިޔާބަކީ ރުވާންޑާގައި ޑިމޮކްރަސީ އެއް ނެތްކަން ހާމަކޮށްދޭ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެ އިންތިހާބުގައި އެ ގައުމުގެ ޑިމޮކްރަޓިކް ގްރީން ޕާޓީއިން ވާދަކުރި ފްރޭންކް ހެބިނޭޒާއަށް ލިބުނީ 0.5 އިންސައްތަ ވޯޓެވެ. އަދި އަމިއްލަ ކެނޑިޑޭޓު، ފިލިޕް ޕައިމާނާއަށް ލިބުނީ 0.32 އިންސައްތަ ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.