Advertisement

އދ. ހަންޏާ މީދޫ ރޯޝަނީގެ އަނދައި ހުލިވެފައި -- ފޮޓޯ: އެންޑީއެމްއޭ

12 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އެކަނިމާއެކަނި މީހަކު ދިރިއުޅެމުން ދިޔަ ގެއެއް އަނދައި ހުލިވެއްޖެ

އދ. ހަންޏާމީދޫގައި އެކަނި މާއެކަނި މީހަކު ދިރިއުޅެމުން އައި ގެއެއް އަނދައި ހުލިވުމާއި ގުޅިގެން އެގޭގައި ދިރިއުޅެމުން ދިޔަ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމުގައި އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މުޅިން އަނދައިގެން ގޮސްފައި ވަނީ، އދ. ހަންޏާމީދޫ ރޯޝަނީ ގެ ކަމަށެވެ. އެގޭގައި ދިރިއުޅެމުން އައީ އުމުރުން 40 އަހަރުގެ ފިރިހެނަކު އެކަނި ކަމަށްވެސް އެ އޮޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މިހާރުކުރަމުންދަނީ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމަށާއި،  ހާލުގައި ޖެހުނު ފަރާތަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއުންބުއިމާއި، އަންނައުނުގެ އެހީތެރިކަން ކައުންސިލް އާއި ގުޅިގެން މި އޮތޯރިޓީން މިހާރުވަނީ ފޯރުކޮށްދެވިފަކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.