Advertisement

11 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ސައޮ ޕައުލޯއަށް ވެއްޓުނު މަތިންދާ ބޯޓުގައި ކެންސަރަށް ފަރުވާދޭ ގިނަ ޑޮކްޓަރުންތަކެއް ތިބި

ބްރެޒިލްގެ ސައޮ ޕައުލޯއަށް ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، އެ ބޯޓުގައި ކެންސަރަށް ފަރުވާދޭ 15 ޑޮކްޓަރުން ތިބިކަމަށް، އެ ގައުމުގައި ކެންސަރާ ގުޅުންހުރި ފަރުވާތައް ދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއަކުން ހާމަކޮށްފިއެވެ.

"ބްރެޒިލިއަން ސޮސައިޓީ އޮފް ސެލިއުލާރ ތެރަޕީ އެންޑް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން" އިން ހާމަކޮށްފައިވާ ގޮތުގައި، އެ މަތިންދާ ބޯޓުގައި ތިބި ކެންސަރަށް ފަރުވާދޭ ޑޮކްޓަރުންނަކީ، އެ ޖަމްއިއްޔާއިން ބާއްވަން ނިންމާފައި އޮތް ކޮންފަރެންސް (އެސްބީޓީއެމްއޯ2024)ގައި ބައިވެރިވުމަށް ސައޮ ޕައުލޯއަށް ދަތުރު ކުރަމުން ދިޔަ ޑޮކްޓަރުން ތަކެކެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަކުން ބުނަމުން ދަނީ، މިއީ ރާވައިގެން ހިންގި ކަމެއް ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބޭނީ ފާމަސިއުޓިކަލްސް އުފައްދާ ފަރާތްތައް ކަމަށް ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައްކާ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. ސަބަބަކީ ކެންސަރަށް ފަރުވާއެއް ހޯދިއްޖެނަމަ، އެމީހުންގެ ވިޔަފާރިތަކަށް އަސަރުކުރާނެތީއެވެ. ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން މިކަމަށް ބާރު ލިބޭ އެއްވެސް ވާހަކައެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަކިކުރުމުގެ މަސައްކަތް ބްރެޒިލްގެ ފޮރެންސިކު ޓީމަކުން ވަނީ ފަށައިފިއެވެ. މިކަމުގައި އެހީތެރިވުމަށް، އެ ފްލައިޓުން ދަތުރު ކުރި މީހުންގެ އާއިލާތަކަށް ވަނީ އެދިފައެވެ. އެހެންކަމުން، އެމީހުންގެ އާއިލާތައް މިހާރު ދަނީ ހަށިގަނޑުތައް ބަހައްޓާފައި ހުރިތަނަށް ޖަމާވަމުންނެވެ.

މި ހާދިސާގައި މަރުވީ 61 މީހުންކަމަށް ބްރެޒިލް އިން ކުރިން ހާމަކޯށްފައިވީނަމަވެސް، އެ ބޯޓުގައި 62 މީހުން ތިބި ކަމަށާއި އެ އެންމެން މަރުވެފައިވާކަމަށް ބްރެޒިލްގެ ސަރުކާރުން ފަހުން ވަނީ ހާމަކޮށްފައެވެ. އެއީ 58 ޕެސެންޖަރުންނާއި 4 ފަޅުވެރިންނެވެ.

ސައޮ ޕައުލޯގެ ސްޓޭޓް ސަރުކާރުން ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ވެއްޓުނު ބޯޓުގައި 34 ފިރިހެނުންނާއި 28 އަންހެނުން ތިއްބެވެ. އަދި މިއެންމެންގެ ހަށިގަނޑުތައް އެ ސަރަހައްދުން ފެނިފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.